ލިޔުންތައް

1/7/2026

100 އެތައް އަހަރެއްގެ ޖަލު ޙުކުމެއް. މިއީ ކިހިނެތް ވާކަމެއް؟

މިހާރަކަށް އައިސް ކްރިމިނަލް ކޯޓުން ނިންމަވާ ބައެއް މައްސަލަތަކުގައި، އެތައް ސަތޭކަ އަހަރެއްގެ ޖަލުއަދަބު ކަނޑައަޅާތީ، އެކަން އޮންނަ ގޮތާބެހޭ ގޮތުން މީހުން އަޅުގަނޑާ ސުވާލުކުރެއެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގައި، ކުށްކުރާ ގޮތަށާއި، ކުށުގެ ޢަމަލުތަކަށް ބަލައިގެން ގިނަ ކުށްތަކަށް ދައުވާކުރެވޭ އުޞޫލެއް އެބައޮތެވެ. އެއް ޙާދިސާއެއްގައިވެސް ތަފާތު އެތައް ކުށްތަކެއް ކޮށްފިނަމަ، ގިނަ ކުށްތަކަށް ދައުވާކުރެވި، ބޮޑު އަދަބު ދެވޭގޮތްވެއެވެ. މިހާރު އެވަނީ އެގޮތެވެ. އެގޮތަށް ޢަމަލުނުކުރާއިރު ދިމާވި މައްސަލައަކީ، ނޮވެމްބަރ 3 ގައި، މުޅި ޤައުމުގައި ބިރުވެރިކަން ފަތުރައި، މީހުންގެ މުދާ ލޫޓުވައި، ކިޑްނެޕްކޮށް، ހައިޖެކްކޮށް، 19 ދިވެހިން ޙައްޤުން ކަމަކާނުލައި މަރާލުމުންވެސް ދެވުނީ އެންމެ 25 އަހަރުގެ ޖަލު އަދަބެކެވެ. އެ އަދަބު ތަންފީޒުކޮށް ނިމި، އެ މީހުން ތިބީ މިނިވަންވެފައެވެ. އެ ހަނދާންތައް އަޅުގަނޑުމެންގެ ހިތުން ފޮހެވިގެން ނުދަނީހެވެ.

12/30/2025

ވާނުވާގެ މައްސަލަ މާރޗް މަހާ ހަމައަށް ޙައްލުވާނީ ކޯޓުތައް ޖަވާބުދާރީ ކުރުވައިގެން!

"ވާނުވާ ބަންދު" ގެ މައްސަލަ "ޙައްލު" ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަހު ތިބި މީހުންގެ މައްސަލަތައް 2026 މާރިޗު މަހަށް ނިމޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އެއީ، ކޯޓުތަކުން އެވްރެޖްކޮށް މަހަކު 100 މައްސަލަ ނިންމައިގެން ޙާޞިލުކުރެވޭނެ ނަތީޖާއެވެ. އަތޮޅުތަކުގެ ކޯޓުތަކުން ވޭތުވެދިޔަ 2 އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނިންމުނީ އެވްރެޖްކޮށް 32.5 މައްސަލައެވެ. އެމުއްދަތުގައި މާލޭގެ ކޯޓުތަކަށް ނިންމުނީ އެވްރެޖްކޮށް މަހަކު 24 މައްސަލައެވެ. އަމާޒު އޮތީ، އޭގެ 4 ގުނަ އިތުރަށް 100 އަށް ގެންދިއުމަށެވެ. މިކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބާރެއް އަޅާންޖެހޭނެއެވެ.

12/15/2025

ކާވެންޏާއި ވަރިއަކީވެސް ކޯޓުން ބޭރުގައި ނުކުރެވޭ ކަމެއްކަމަށް ހަދަންޖެހޭ

ދާދިފަހުން ކުރެވުނު ހޫނު ބަހުސެކެވެ. ރުޅި އައިސްގެންހުރެ ކުރާ ވަރިއަކީ ވަރިއަކަށް ނުވާނެކަމަށް ފެމިލީ ކޯޓުން ނިންމެވި ނިންމެވުމަކާ ގުޅޭ ބަހުސެކެވެ. މިނިންމުމުގެ ސަބަބުން ނުކުމެދާނެ އިޖުތިމާޢީ، ޤާނޫނީ އަދި އިޤްޠިޞާދީ މައްސަލަތައް މަދެއް ނޫނެވެ. މިމައްސަލަ ޙައްލުކުރުމަށް، އަޅުގަނޑަށް ފެންނަ ގޮތަކީ، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ޤާނޫނުގައި ކަނޑައެޅުމެވެ. ކާވެންޏެކޭ އެއްގޮތަށް، ވަރި، ވަރިއަކަށްވާނީ ކޯޓުގައި ކުރީމައެވެ. އޭރުން، ވަރީގެ ޤަޟިއްޔާގެ ތެރެއިން، ވަރީގެ ސަބަބުން ތަރުތީބުވާ އިޖުތިމާޢީ، އިޤްޠިޞާދީ މައްސަލަތައް ޙައްލުކުރަން ބާރު އެޅޭނެއެވެ.

12/4/2025

ފީފާގެ ފައިސާގެ މައްސަލަ ރާއްޖޭގައި ބެލޭނެތަ؟

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގައި ހުރިއިރު ތަޙްޤީޤުކޮށް، ދަޢުވާ އުފުލުނު މައްސަލައެކެވެ. އެމައްސަލައިގެ ޝަރީޢަތުގައި މިހާރު ކުރެވޭ އެއް ސުވާލަކީ ފީފާގެ ފައިސާގެ މައްސަލަ ދިވެހިރާއްޖޭގެ އިދާރާތަކަށް ބެލޭނެތޯ ނުވަތަ ނޫންތޯއެވެ. އެ މައްސަލަ ބަލައިފިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ ވާހަކައެވެ. މިޚަބަރުތައް ކިޔާފައި، މިކަން ޙަޤީޤަތުގައި އޮންނަ ގޮތާބެހޭ ގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ލިޔެލީމެވެ.

12/2/2025

އެއްގަމު އުޅަނދު ނުރައްކާތެރިކޮށް ދުއްވުމަކީ މިހާރުވެސް ކުށެއް!

ދާދި ފަހުން ޚަބަރެއްގައި އޮތް ވާހަކައެކެވެ. ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތަށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީއެވެ. އެއްގަމު އުޅަނދު ނުރައްކާތެރިކޮށް ދުއްވުމަކީ މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުތަކުން އަދަބު ކަނޑައެޅިފައިވާ ކަމަކަށްވާތީ، ސަރުކާރުން ހުށަހަޅުއްވާ ޙަޤީޤީ ބަދަލަކީ ކޮބައިތޯ ބަލައިލަން އެ ބިލު އަޅުގަނޑު ކިޔައިލީމެވެ. އެ ބިލުގެ ސަބަބުން ވާނީ ރަނގަޅަށްވުރެ ގޯސް ކަމަށް ފެންނާތީ، އެކަންކަން ތާރީޚަށްޓަކައާއި، އެބިލު ހުށަހެޅުއްވި ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާމިން ޙަބީބުގެ މަޢުލޫމާތަށްޓަކައި ލިޔެލީމެވެ. ކިޔުއްވާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އަޅުގަނޑުގެ ޒިންމާ އަދާކުރިކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އެ ބިލު ގޯހީ އެންމެ ގޮތަކުން ނޫނެވެ. އެތަށް ގޮތަކުންނެވެ.

9/29/2025

ކޮރަޕްޝަން ހުއްޓުވުމަށް، އޭސިސީގެ ސިޔާސަތުތައް ބަދަލުކޮށް، ހަލުއިވާންޖެހޭ!

ދިވެހިރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަޞީލަތްތައް ގިނަ ޤައުމެކެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަޤީރުވެފައިވާ، ނިކަމެތި ޤައުމެކެވެ. ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައެކެވެ. އެކަން އެނގެނީ، ޤާނޫނުއަސާސީގައި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ނިޒާމުތައް އެކަށައަޅާފައިވާތީއެވެ. ނަމަވެސް، ކޮރަޕްޝަން ނައްތާލަން އުފެއްދި ނިޒާމުގައި ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސިޔާސަތުތަކާހެދި، ކޮރަޕްޝަނަށް މަގުފަހިވާނަމަ، މިއީ އަދި އެއްފަހަރު ވިސްނާލަންޖެހޭ ކަމެކެވެ.

9/25/2025

އެއްފަސް ކުރަންޖެހޭ ދެ ގެ ދޭތެރޭ އިންސްޓިއުޓް!

ދިވެހިރާއްޖެއަކީ އިންސާނީ އަދި ޠަބީޢީ ވަޞީލަތްތައް މަދު، ފަޤީރު ޤައުމެއްކަމަށް،އެކި ފަންތީގެ ވެރިން ކިޔާ އަޑު އިވެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، ދިވެހިރާއްޖެއަކީ ވަޞީލަތްތައް ގިނަ، އިސްރާފު ބޮޑު ޤައުމެކެވެ. ކޮރަޕްޝަންގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެކެވެ. އެއްކަމަށް އެތައް ތަނަކުން ފައިސާ ޚަރަދުކުރާ، ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެކެވެ. ސަރުކާރުން ހިންގާ ބޮޑު ދެ ޔުނިވަރސިޓީއާއި ބަޖެޓު ހަމަޖެހިގެން ހިންގާ 30 އަށްވުރެ ސަރުކާރުގެ އިންސްޓިޓިއުޓް އޮތް ޤައުމެކެވެ. ކޮންމެ އިދާރާއަކުން އެކަޑަމީއެއް ހެދުމުގައި ބަދަލުގައި، ރަނގަޅަށް އެކަން ކުރެވޭ (ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް) ބަޔަކަށް ވަޞީލަތްތައް ދީގެން، ފެންވަރު ރަނގަޅު އެއް ތަން ހިންގުމަކީ އިސްރާފު ކުޑަކޮށް، ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. ދެ ގެ ދޭތެރޭ އެކަޑަމީތައް އުވާލައި، ހުރިހާ ތަނެއް އެއްފަސްކުރަންވީއެވެ.

9/24/2025

މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވުމަށް ފައިސާ ފަހަތުން ދިއުން!

މަސްތުވާތަކެތީގެ މައްސަލައިގެ އަޞްލު ޙައްލެއްކަމަށް އަޅުގަނޑަށް ފެންނަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، ވިއްކާ ވިޔަފާރިކުރާ މީހުންގެ ފައިސާގެ ފަހަތުން ގޮސް، އެ ފައިސާ ހިފެހެއްޓޭގޮތަށް ސިޔާސަތު ބަދަލުކޮށް، ބައްޓަންކުރުމެވެ. އެކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ދާނީ ފެންނަމުންނެވެ.

3/20/2025

ގާނޫނު ތަންފީޒުކުރުމަކީ ހިކުމަތު އަމަލީ ބޭނުންވާ ކަމެއް

އަޞްލު އިންޞާފަކީ، ޤާނޫނުގައި އޮތް ދެލިގަނޑެއް ނޫނެވެ. އެ ޙާލަތެއްގައި އިންޞާފަކީ މުވައްކިލުގެ ސަލާމަތާއި ރައްކާތެރިކަމާއި، އޭނާގެ "ބެސްޓް އިންޓްރެސްޓް" ކަން ވަކީލު ދަންނަންވާނެއެވެ. މުވައްކިލަކީ، ތިމާއަށް ފައިސާދޭ މީހާ ނޫންކަމާއި، އެއީ، އެމީހެއްގެ ޙައްޤު ޙިމާޔަތްކުރެވެން އުޅޭ މީހާކަންވެސް ދަނެ، އެކަންކަމުގެ މައްޗަށް ވަކީލުގެ ވިސްނުމާއި ފިކުރު ހިންގާފައި އޮންނަންވާނެއެވެ. "އިންޞާފު ހޯދުމަށް" ހިނގާ މަގުން ގޮސް ވާޞިލުވެދާނެ ސީދާ އަދި ނުސީދާ ނަތީޖާތަކުގެ މަޢުލޫމާތު މުވައްކިލާ ޙިއްސާ ކުރަންވާނެއެވެ. ޤާނޫނަކީ މުޠްލަޤު އިންޞާފު ނޫންކަމާއި، ޤާނޫނަކީ އިންޞާފު ޤާއިމުކުރަން ބޭނުންކުރާ ވަޞީލަތެއްކަން ދަންނަންވާނެއެވެ.

3/12/2025

ކޮންފަރމޭޝަން ބަޔަސްގެ ޙައްލަކީ ދިފާޢީ ވަކީލުން!

ތަހުގީގެއްގައި ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރުމުގެ ބޭނުމަކީ، އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާ ގުޅިގެން އެމީހާ ބުނާ އެއްޗެއް ސާފުކުރުމެވެ. އެ މީހަކު ބުނާ އެއްޗެއްގެ މައްޗަށް އިތުރު ތަހުގީގުކުރަންޖެހޭކަން ނުވަތަ ނޫންކަން ދެނެގަތުމެވެ. ކޮންފަމޭޝަން ބަޔަސްއެއްގެ ސަބަބުން ތަހުގީގީ އިދާރާތަކަށް ނުފެންނަ މަންޒަރުތަކާއި ހަގީގަތްތައް ދައްކައިދިނުމުގެ ފުރުސަތު ތުހުމަތުކުރެވޭ މީހާއަށާއި އެމީހާގެ ވަކީލަށް ފަހިކޮށްދިނުމެވެ. މިހުރިހާ ކަމެއް ގުޅިފައިވަނީ ކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމުކުރުމާ އެވެ. ތަހުގީގީ އިދާރާއާއި ދިފާއީ ވަކީލުގެވެސް އަމާޒަކީ ކަމުގެ ހަގީގަތަށް ވާސިލުވުމެވެ. ތުހުމަތުކުރެވޭ މީހާގެ މަސްލަހަތުވެސް އޮތީ ހަގީގަތަށް ވާސިލުވެ، އިންސާފުން އެމީހަކާމެދު ކަންތައްވުމުގައެވެ

2/12/2025

މައުލޫމާތު ނުދިނުމުގެ ކުށުގެ އަމަލެއް އެވަނީ ކުރެވިފައި!

ޤާނޫނީ ނިޒާމެއްގެ ވަކި ތަރުތީބަކުން އޮތުމުގެ ބޭނުމަކީ، ސަރުކާރާއި ރައްޔިތުންވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމެވެ. ސަރުކާރަކީ، އޭގެ ޒާތުގައި ނިކަން ބާރުގަދަ އެއްޗެކެވެ. ސަރުކާރުގެ ގަދަ ބާރުގެ ކުރިމަތީގައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންނަށް ބާރު ލިބެނީ ޤާނޫނުންނެވެ. އެ ޤާނޫނުތައް ތަންފީޒުވާކަން ކަށަވަރުކުރަނީ ޝަރްޢީ ކޯޓުތަކުންނާއި ފުލުހުންނެވެ. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ތަންފީޒުކުރަން ޤާނޫނުގައި އޮތް ދުވަހަށް ތަންފީޒުނުކޮށްފިނަމަ އެއީ ކުށެއްކަމަށް ޤާނޫނުގައި ކަނޑައަޅާފައި އެބައޮތެވެ. އެ ކުށުގެ މައްސަލަ ބެލުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެކެވެ. އެކުށް ކުރީ ޚާރިޖީ ވުޒާރާއިން ކަމަށް ވިޔަސް، ރައީސް އޮފީހުން ކަމަށްވިޔަސްވެހެވެ. އިސްތިއުނާފަށް މައްސަލައެއް ކޯޓުގެ ދޮރުން ވެއްދުމަކީ، އިސްތިއުނާފުކުރާ މައްސަލައިގެ ޙުކުމް ތަންފީޒުކުރަންޖެހޭކަމަށް އަމިއްލައަށް ނިންމޭނެ ސަބަބެއް ނޫނެވެ.

2/4/2025

ޚިދުމަތްދިނުމުގެ ވިސްނުން – ސަރުކާރާއި ޢާންމު ވިޔަފާރީގެ ތަފާތު

އަޅުގަނޑު މިހާރު މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާ ބިނާވެފައި އޮތީ ޚިދުމަތްދިނުމުގެ މައްޗަށެވެ. މިދާއިރާގައި އުޅެ، ކަންކަމާމެދު ވިސްނާ، ފިކުރުކޮށް ހަދާ ވަރަކަށް، ތަފާތު ޚިޔާލާއި ވިސްނުންތައް ސިކުނޑިއަށް އަރައި ފައިބަމުންދެއެވެ. މިއަދު މިކުރެވުނު ޚިޔާލަކީ، ސަރުކާރާއި ޢާންމު ވިޔަފާރީގައި ޚިދުމަތްދިނުމުގެ ސަޤާފަތާބެހޭ ޚިޔާލެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ނިސްބަތުން 'ނުކިޔަވާ' ތިބި ބަޔަކު، ފަތުރުވެރިންނަށްދޭ ޚިދުމަތާއި 'އޯލެވެލާއި އޭލެވެލުން ދުނިޔޭގެ އެއް ވަނައިގައި ފާސްވެ، ކިޔަވައިގެން' ސަރުކާރުގެ ވަޒީފާގައި އުޅޭ ބޮޑެތި ނަންނަން ކިޔާ މީހުން، ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާބެހޭ ޚިޔާލެކެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author