ސަޢީދުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު. ކްރިމިނަލް ޖަސްޓިސް ސިސްޓަމުގެ އިތުބާރަށް ބުރޫ އަރާ ކަމެއް

ފުލުހުންގެ އިދާރާގެ ކުރިމަތީގައި ސަޢީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ. ވީގޮތް ބެލިއިރު، އޭނާއަށް މީހެއްގެ ފަރާތުން ތުރާވާތީ، އެ ތުރާ ފިލުވައިދިނުމަށް އެދި ދައުަލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެކަމުން ޙައްލެއް ނުލިބިގެން، އެންމެފަހުން ހަޅުތާލުކުރަން ޖެހުނީއެވެ. މުޅި މައްސަލައިގައި އަޅުގަނޑުގެ ކަންބޮޑުވުން އޮތީ ޤާނޫނީ ޗަރުކޭހެއްގެ ތެރެއިން ވިޔަސް، ސަޢީދަށް ޙައްލެއް ހޯދައި ނުދެވުނީމައެވެ. އަމަން އަމާންކަން ޤާއިމުކުރުމުގެ ޚިދުމަތަކީ ދައުލަތުގެ މޮނޮޕޮލީއެއް އޮންނަ، ދައުލަތުން އެކަނި ފޯރުކޮށްދޭ ޚިދުމަތެކެވެ. އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައް ބޮއްސުންލައިފިނަމަ، އަމިއްލަ "ޕްރައިވެޓް ޚިދުމަތްތައް" ތަޢާރަފުވުން އޮންނާނީ ދުރަކު ނޫނެވެ. މިއީ އަދި ވަކިން ނުރައްކާތެރި ޙާލަތެކެވެ. އެ ޙާލަތަށް ދިއުމުގެ ކުރިން، އުފެއްދުންތެރި ޤާނޫނީ ޙައްލުތަކެއްގެ ތެރެއިން ސަޢީދަށް ކުރިމަތިވެފައި އޮތް މައްސަލަ ޙައްލުކުރެވެން އޮތްކަމަށް އަޅުގަނޑަށް ފެންނާތީ، އެގޮތަކީ ކޮބައިކަން ލިޔެލީއެވެ.

ލިޔުންތައް

10/26/2026

ސަރުކާރުގެ ވެރިން ކުށްވެރިވާ ގޮތަށް، ސަރުކާރުގެ މެންބަރަކު ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިޞްލާޙް

ޤާނޫނުލްޢުޤޫބާތުގެ މަސައްކަތަކީ އަޅުގަނޑުގެ ޕްރޮފެޝަނަލް ޙަޔާތުގެ ގިނަ ވަގުތުތަކެއް ހޭދަކުރެވިފައިވާ، އެ ޤާނޫނަކާ ދޭތެރޭ އަޅުގަނޑުގެ ޝައުޤުވެރިކަން ބޮޑު ޤާނޫނެކެވެ. އެހެންކަމުން، އެ ޤާނޫނަށް ހުށަހަޅާ އިޞްލާޙުތަކާއި، އެ އިޞްލާޙުތަކުގެ ނަތީޖާތައް ގާތުން ބެލުމަކީ އަޅުގަނޑު އަބަދުވެސްކުރާ ކަމެކެވެ. މިއަދުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙެއް ހުށަހަޅައިފިއެވެ. އެ އިޞްލާޙު އަޅުގަނޑު ކިޔައިލިއިރު، މިއީ ވަރަށް ޚުޠޫރަތްތެރި، ސަރުކާރުގެ ނިވާފަތްގަނޑުގައި ހުންނަވައިގެން، ސީދާ ސަރުކާރުގެ ވެރިންނާ ދެކޮޅަށް މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ ބިލަކަށްވާތީ، އެކަން ސަރުކާރުގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ލިޔުން ލިޔެލީމެވެ.

9/12/2026

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް ލަފާ ދިނުން؟ އެތަނުން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ!

އަޙްމަދު ޒާހިރަށް ސަރުކާރުން ބަންޑާރަ ބިމެއް ވިއްކުމުގެ މައްސައަކީ ޙައްސާސް މައްސަލައަކަށް ވެއްޖެއެވެ. ސަރުކާރުގެ ރަސްމީ އިދާރާއަކުން، ޢާންމު މީހަކަށް ރަސްމީ ލިޔުމެއް ދީފިނަމަ، އެލިޔުމުގައި އޮތް ކަންތައް ތަންފީޒުވާންޖެހޭނެއެވެ. ކޮންމެ ސަރުކާރެއް އޮތަސްވެސް، ސަރުކާރުގެ ރަސްމީ ލިޔުމެއްގެ ބާރު ހިނގަންވާނެއެވެ. އަޙްމަދު ޒާހިރަށް ބިމެއް ވިއްކާނެކަމުގެ ލިޔުމެއް ދިނުމަށްފަހު، އެ ނިންމުން ތަންފިޒުނުވެ 23 އަހަރު ހިނގައިދިޔައީ ކާކުގެ އިހުމާލުންތޯއެވެ؟ އެމީހަކާމެދު އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ؟ ދެން އޮތީ ސަރުކާރުން އޭސީސީގެ ލަފާ ހޯދުމެވެ. އޭސީސީއަކީ ސަރުކާރަށް ނުވަތަ އެނޫންވެސް ތަނަކަށް ލަފާދޭން ހަދާފައި އޮތް ތަނެއް ނޫނެވެ. ސަރުކާރުން ޤާނޫނީ ލަފާ ހޯދާނީ ބަންޑާރަ ނައިބު އަތްޕުޅުންނެވެ. އޭސީސީއަކުން ނޫނެވެ.

8/10/2026

ވަކީލުންގެ ފުޓުސަލް މުބާރާތް، ބަންޑާރަ ކަޕް 5

ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ކުލަބުން އިންތިޒާމުކުރާ، ޤާނޫނީ ވަކީލުންގެ ފުޓުސަލް މުބާރާތް ބަންޑާރަ ކަޕްގެ 5 ވަނަ މުބާރާތް، މިއަދު އެބަ ފަށައެވެ. މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ ކުލަބު ނެތްކަމުގެ އުނިކަން ފެނެއެވެ. ދެބަސްވުމެއް އޮތްނަމަ، ދެބަސްވުން ޙައްލުކޮށްގެން، އެއްގަލަކަށް އަރައިގެން މިކަހަލަ އިޖްތިމާޢީ ޙަރަކާތްތަކުގައި އެންމެން ބައިވެރިވުމަކީ ކުޅިވަރުން ދަސްކޮށްދޭ މުހިންމު ފިލާވަޅެކެވެ. މި މުބާރާތުގައި ކޯޓުތަކުގެ މުވައްޒަފުންވެސް ބައިވެރިވެއެވެ. މުބާރާތުގެ މެޗުތައް ގަޑިއަށް ފަށާތީ އެކަމުން ހިތްވަރު ލިބިގެން ކޯޓުތަކުގެ ޝަރީއަތްތައްވެސް ގަޑިއަށް ފަށާނެނަމަ، މިމުބާރާތުގެ ކާމިޔާބީ ތާރީޚުގެ ޞަފްޙާތަކުގައި ރަން އަކުރުން ލިޔެވޭނެއެވެ.

7/26/2026

ޑޮރިއެލްޓަނާއެކު ދިވެހި ފުޓުބޯޅަ ފަތުއަޑު ކިޔާފައި ކުރިއަށް.

ދިވެހި ފުޓުބޯޅައިގެ ދުވަސްވީ ކުލަބު، ނިއުރޭޑިއަންޓުން އައު ސީޒަނަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަކުރަންޖެހޭ ޤައުމީ ޚިދުމަތެކެވެ. ދެވަނަ ޑިވިޒަނުގައި އޮވެފައި، ޕްރިމިއަރ ލީގެގެ ކުލަބެއްގެ 'ބަދުނަސީބު' ޙާލަތެއްގެ ބޭނުންކޮށްގެން ޕްރިމިއަރ ލީގަށް 'ފުންމައިގެން' އައިސް، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ ތިންގުނަ ބޮޑު މުސާރައަކަށް ބްރެޒިލްގެ ފޯވާޑެއް ގަނެފިއެވެ. 5 ލައްކަ ރުފިޔާގެ އިނާމު ލިބޭ މުބާރާތަކަށް 2 މިލިއަން ރުފިޔާ، އެންމެ ކުޅުންތެރިއެއްގެ މުސާރައަށް ޚަރަދުކޮށްގެން، މާލީ ގޮތުން ދެކޮޅު ޖެއްސުމަކީ ކުޑަވަރެއްގެ މުޢުޖިޒާތަކަށް ނޫނީ ނުވާނެއެވެ. އެފަދަ ކަންކަން ކުރެވޭނީ ކެރުންތެރި، ހިތްވަރުގަދަ، ޖެހިލުންކުޑަ، ކުޅަދާނަ ލީޑަރޝިޕެއް އޮވެގެންނެވެ. މިއީ ނިއުރޭޑިއަންޓުގެ ފަހަރެވެ.

7/19/2026

ވޯލްޑް ކަޕް: މިޞްރު ވ އާޖެންޓީނާ – ކޮންފަރމޭޝަން ބަޔަސްގެ ނަމޫނާއެއް

މިޞްރުގެ ފުޓުބޯޅަ ޓީމުގެ އަތުން އާޖެންޓީނާ މޮޅުވި މެޗާބެހޭ ގޮތުން ތަފާތު މީހުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދައްކައެވެ. މި ބަހުސް އަޅުގަނޑަށް ފެނުނީ ތަފާތު ލެންސަކުންނެވެ. ކޮންފަރމޭޝަން ބަޔަސްއެވެ ކިޔާ ނަފްސާނީ ޙާލަތުގެ ލެންސަކުންނެވެ. މިކިޔައިދެނީ މިޞްރު ސަޕޯޓަރުންނަށް ނުފެނުނު ބައެއް ހެކިތަކެވެ. މިޞްރަކީ ދުނިޔޭގެ ފީފާ ރޭންކިންގައި 29 ވަނައެވެ. އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަން އަދި ފީފާ ރޭންކިންގގެ އެއްވަނައެވެ. މިޞްރު ލީގަކީ އާދައިގެ ލީގެކެވެ. އެންމެ ގަދަ 3 ޓީމާއި ދެން ހުރިޓީމުތަކާ ދެމެދު 15-20 ޕޮއިންޓުގެ ތަފާތެއް އޮވެއެވެ. ލީގުގައި ކޮންމެ ޓީމަކަށް ލިބެނީ ވަރުގަދަ ދެ މެޗެވެ. އާޖެންޓީނާ ލީގަކީ ވަރުގަދަ ލީގަކަށް ވިޔަސް، އާޖެންޓީނާ ޓީމުގައި ތިބީ ޤައުމުގައި ކުޅޭ އެންމެ 2 ކުޅުންތެރިންނެވެ. އެހެން ހުރިހާ ކުޅުންތެރިންނަކީ މަތީ ފެންވަރުގެ ޕްރޮފެޝަނަލުންނެވެ. މިޞްރު މީހުންނަށް ރެފްރީ ކަމުނުދިޔުމަކީ އާކަމެއް ނޫނެވެ. މިޞްރު ލީގުގެ ޑަރބީ މެޗު މިދިޔަ އަހަރު ނުކުޅެވުނީ ރެފްރީއާމެދު އޮތް ޝަކުވާއަކާ ގުޅިގެންނެވެ. އެ މެޗަށް ޔޫރަޕުން ރެފްރީން ގެންނަތާ ވިހި އަހަރު ވެއްޖެއެވެ. މިޞްރު ޓީމުގެ ޖުމްލަ އަގަކީ 116.5 މިލިއަން ޔޫރޯއެވެ. އެމެޗުގައި އާޖެންޓީނާއިން 66 ވަނަ މިނިޓުގައި އެރުވި ބަދަލު ދެކުޅުންތެރިން ކަމުގައިވާ ލައުޓާރޯ މާޓިނޭޒްއާއި ނިކޮލަސް ގޮންޒާލޭޒްއާ ދެމީހުންގެ އަގު 104 މިލިއަން ޔޫރޯއަށް އަރައެވެ.

5/25/2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ އުވާލުން

ރާއްޖޭގެ ތަރައްޤީގެ ހުރިހާ ދިމާލެއްގައިވެސް، ކޮރަޕްޝަންގެ ސަބަބުން ނިކަމެތިކަން ނުފެނިއެއް ނުދެއެވެ. އަޅުގަނޑުގެ ވިސްނުމުގައި، ކޮރަޕްޝަން ބެހިގެންވަނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ، ހިންގުމުގެ ނިޒާމުގައި، ކުށަކަށްނުވާ، އެހެންނަމަވެސް ކޮރަޕްޝަންގެ ޢަމަލުތަކެވެ. މިސާލަކަށް، އާދަޔާ ޚިލާފަށް ފެންވަރު ދަށް މީހުންނަށް މުހިންމު މަޤާމުތައް ދިނުންފަދަ ކަންކަމެވެ. ދެވަނައީ ކުށަކަށްވާ ޒާތުގެ ކޮރަޕްޝަންގެ މައްސަލައެވެ. މިއަދުގެ މައުޟޫޢަކީ، ކުށަކަށްވާ ޒާތުގެ ކޮރަޕްޝަން ނައްތާލުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކައެވެ. އެފިޔަވަޅުތައް އަޅަން އޮތް ނިޒާމު، ނަތީޖާ ނެރެވޭނޭ ގޮތަކަށް ބަދަލުކުރާނެ ގޮތުގެ ވާހަކައެވެ. މިކަން ކުރެވޭނީ އޭސީސީ އުވާލާފައި، ކޮމިޝަނަރެއް ޢައްޔަންކޮށްގެންނެވެ. އޭނާގެ މަސައްކަތަށް އެހީތެރިވެދޭ މީހުން ދޫކުރާނީ އެކި އޮފީސްތަކުންނެވެ. އޭނާއަށް 5 އަހަރުގެ ޕްލޭނެއް އޮންނާނެއެވެ. ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ، މަޖިލީހުން އޭނާ ވަކިކުރާނީއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅެވެ.

5/10/2026

ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"

އަނގަބަންދުކުރުމުގެ އަމުރަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ރުހޭ، އެ އޮފީހުން ޤަބޫލު ކަމެއް ނޫނެވެ. އެކަން، އެކަމުގެ ސަބަބާއި، އޭގެ ފަލްސަފީ ވިސްނުންތަކުގެ އަލީގައި، މި ލިޔުމުގައި އަލްއުސްތާޛާ ޢާއިޝަތު ޝާމާ ނަޞީރު ލިޔުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ޝަރްޢީ ދާއިރާގެ ތާރީޚަށްޓަކައި މިލިޔުން މުހިންމުވެދާނެކަމަށް ފެންނާތީ، އަލުން މި ބްލޮގުގައި ޝާއިޢުކުރީއެވެ.

2/6/2026

އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒު

ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި އިންތިހއަށް އޮތް މައްސަލައެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް ވަގުތީ ޝެލްޓަރުތަކެއް ހަދަން ސަރުކާރުން އިޢުލާންކުރައްވާފައިވެއެވެ. އެކަމަށް 116 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އަދި އެތައް ހިންގަން އެތައް އެތައް މިލިއަނެއް ޚަރަދުވާނެއެވެ. އަޅުގަނޑުގެ ހުށަހެޅުމަކީ، އަނިޔާލިބޭ މީހާ އޭނާގެ މާޙައުލުން އުފުރާލުމުގެ ބަދަލުގައި، އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒެއް ހެދުމެވެ. އެތަނުގައި އޭނާ ހުރެގެން 'ރަނގަޅުވެގެން ރިހެބިލިޓޭޓް' ވެގެން އަނބުރާ އޭނާގެ ޢާއިލާގެ ގާތަށް ދާންވީއެވެ. އޭރުން ދައުލަތުންކުރަންޖެހޭ ޚަރަދު ކުޑަވެފައި، އަނިޔާލިބޭ މީހާ ރީވިކްޓިމައިޒްވެ، އޭނާގެ ދިރިއުޅުމަށް ބުރޫއަރާ މިންވަރު ކުޑަކުރެވޭނެއެވެ. އެކަންކުރާނެ ގޮތް މިލިޔުމުގައި މިއޮތީއެވެ.

ޕޮޑްކާސްޓްސް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author