Tag: dhivehiblog

ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް މެޑަލް– ދިގު ފެތުން (އޮލިމްޕިކްސް 2036)

ދިވެހިރާއްޖޭގައި، ފެތުމުގެ ދާއިރާއިން ޕޮމިސްކަޕް ބާއްވަންވީއެވެ. ފުރަތަމަ އަހަރު އެއްވަނަ ހޯދާނީ ސިލޯނު މީހުންނެވެ. އޭގެ ފަހުން އިންޑިޔާ، ތައިލޭންޑު، ސިންގަޕޫރެވެ. ނަމަވެސް، 10 އަހަރުތެރޭގައި ދިވެހި ކުދިން ކާމިޔާބު ހޯދާނެއެވެ. 20 އަހަރު މިމަސައްކަތް މިގޮތުގައި ސާބިތުކަމާއެކު ހިފަހައްޓާލެވިއްޖެނަމަ، އޮލިމްޕިކް މެޑަލެއް ހޯދުމަކީ ކުރެވިދާނެ ކަމެކެވެ....

ނުފޫޒު

ފުޓުބޯޅަ މެޗެއްގައި ސަޕޯޓަރުންވެސް ފޯރުވަނީ ނުފޫޒެވެ. އެމީހަކު ތާއީދުކުރާ ޓީމަކަށް ކާމިޔާބުވުން އެދި ފޯރުވާ ނުފޫޒެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިން ރޭރުކޮށްލުވަން ފޯރުވާ ސަލްބީ ނުފޫޒެވެ. މިސާލަކަށް، ވިކްޓަރީއާއި ނިއުރޭޑިއަންޓު، 80 އާއި 90 ގެ އަހަރުތަކުގައި، ފުޓުބޯޅަ ކުޅޭއިރު، ވިކްޓްރީގެ ކުޅުންތެރިން ނިއުރޭޑިއަންޓު ސަޕޯޓަރުން ތިބޭ މަޖީދީމަގާ ވީ ފަރާތު ސިޑިބަރިއާ ދިމާލުން ބެކުން ޖަހާއިރު 'އަނހާ ހުތް..." ކިޔައި، ވިކްޓްރީގެ ގޯލް ކީޕަރާއި ޑިފެންޑަރުންނަށް ނުފޫޒު...

ދިވެހިރާއްޖެ، ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި

ކޮސޯވޯއިން އޮލިމްޕިކްސްގައި މެޑަލް ހޯދަން އަމާޒު ހިފީ އަންހެނުންގެ ޖޫޑޯއިންނެވެ. ދިވެހިރާއްޖެއިން އެ އަމާޒު ހިފާނީ ކޮން ކުޅިވަރަކުންތޯ؟ 'ތަޖުރިބާ' އިން ކަމެއް ދަސްކުރަން ފަށާނީ ކޮން އިރަކުންތޯ؟ ވީވަރަކީ ފުދޭ ވަރުކަމަށް ބުނާ ވިސްނުން ބަދަލުކުރަންޖެހެއެވެ....

އޯޑިއޯ ޕޯސްޓު #3 – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހައްޔަރުކުރުން

ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއް ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ޤާނޫނީ ނަތީޖާއެއް އޮވެއެވެ. އެއީ، އޭނާ ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، ބަންދުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދައި، ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމެވެ. އެމުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، އެމީހާގެ މައްޗަށް ފަހަކުނވެސް އެކުށުގެ ދަޢުވާއެއް ދެނެއް ނުކުރެވޭނެއެވެ. ފަނޑިޔާރު ކުރިމައްޗަށް ހާޟިރުކޮށް ބަންދުން ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ...

ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުން – ދައުލަތުގެ ފެންވަރުގައި

އިސްލާމީ ދައުލަތަކީ ވެރިކަމުގެ ފަރާތާއި ރައްޔިތުންނާ ދެމެދު ވެވޭ އެއްބަސްވުމެވެ. ވެރިކަމުގެ ފަރާތުން ކަށަވަރުކޮށްދެނީ އަމަން ޢާންމާއި ރައްކާތެރިކަމެކެވެ. ރައްޔިތުންގެ ފަރާތުން، ކިޔަމަންތެރިކަމާއި، އެއްބާރުލުމާއި (ބައެއް ޙާލަތުތަކުގައި ޖިޒީ/ޓެކްސް) އެވެ. އޭރުގެ ހާލަތަށް ބަލާއިރު، ދައުލަތުގެ ހަނގުރާމަތަކުގައި ބައިވެރިވުން މުސްލިމުންނަށް ލާޒިމެވެ. ޣައިރު މުސްލިމުންނަށް އޮތީ، ޖިޒީ ދައްކައިގެން ތިބުމެވެ. ހަނގުރާމައަށް ނުކުންނަން ލާޒިމުވާ ހާލަތުތަކެއްވެސް ހުއްޓެވެ....

އޯޑިއޯ ޕޯސްޓު #2 – ޤާނޫނުއަސާސީގައި ހައްޔަރުކުރުން

މިއަދުގެ އޯޑިއޯ ޕޯސްޓުގައި މި ބަލައިލަނީ، 2008 ވަނަ އަހަރު ފާސްކޮށް، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހައްޔަރު ކުރުމާއި ބަންދުކުރުމުގެ އުޞޫލުތައް ކަނޑައަޅާފައިވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ ބުނާ ގޮތުން، މީހަކު ހައްޔަރުކުރެވޭނީ ތިން ޙާލަތެއްގައެވެ. އެތިން ޙާލަތުންކުރެ ޙާލަތެއްގައި ބަންދުކުރުމަށްފަހު، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއް ކުރިމައްޗަށް ޙާޟިރުކުރަންޖެހެއެވެ. ...

“88 (ހ) އަމުރަށް ނުކިޔަމަންތެރިވުން”

މިއީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ ގޮތުން އަޅުގަނޑު ލިޔާ ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން ލިޔުމެކެވެ. މިލިޔުމުގައި ބަލާލާފައިވާނީ، ޤާނޫނުލްޢުޤޫބާތު ކުރިން އޮތް ގޮތާއި، އެޤާނޫނަށް ކިޔަމުން އައި ފާޑުކިޔުންތަކުގެ މައްޗަށެވެ. އެކަންކަން ޙައްލުކުރުމަށް އެކުލަވާލި އައު ޤާނޫނުގެ ބައެއް ސިފަތަކަށްވެސް އަލިއަޅުވާލާފައިވާނެއެވެ. ...

ފުރަތަމަ އޯޑިއޯ ޕޯސްޓު

މީހުން ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ގޮތުން ޤާނޫނުގައި ހުރި ވާހަކަތައް ވަކިވަކިން ބަލައިލާނަމެވެ. މިއެޕިސޯޑުގައި، ކުރީގެ ޤާނޫނުއަސާސީގައި އެކަން އޮތް ގޮތެވެ. ދެން އަންނަ ހަފްތާގައި މިހާރު އެކަން އޮތް ގޮތެވެ. ...

“ކުޅިވަރުގެ ރޫޙު”

ކުޅިވަރަކީ އިންސާނުން ކަންކަން ދަސްކުރާ އެންމެ މުހިންމު 'ޔުނިވަރސިޓީ' އެވެ. ޒުވާން ދުވަސްވަރު، ކުޅިވަރުގެ ތެރޭގައި ޝާމިލުވުމަކީ މުޅި ޤައުމަށް އެކަމުން ފައިދާ އޮތް ކަމެކެވެ. ކުޅިވަރުގެ ތެރެއިން މޮޅުވާށާއި ބަލިވާން ދަސްކޮށްފައި އޮތް ޖީލެއް، ބަލިވާ ކޮންމެ ފަހަރަކު ދަނޑު އަންދައެއް ނުލާނެއެވެ. މީހުން ގަޔަށް ވަޅިއެއް ނުޖަހާނެއެވެ. ޝަރީޢަތަށް މައްސަލައެއް ހުށަހެއް ނާޅާނެއެވެ. ...

ހައްޔަރު ކުރުމާއި ބަންދު ކުރުން – ހޭ އަހައި ނުލައި 53 ދުވަހުން 24 ގަޑިއިރަށް ކުރި ދަތުރު

'ނޫ' ޤާނޫނުއަސާސީގެ ދަށުން، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު، 53 ދުވަސް ވަންދެން ބަންދުގައި ބެހެއްޓެއެވެ. އެއީ، ފުލުހުންނަށް ލިބޭ 8 ދުވަހާއި، ފުލުސް އޮފީހުގައި އޮންނަ ކޮމިޓީއަށް ލިބޭ 15 ދުވަހާއި ރައީސް ޢައްޔަނުކުރާ ފަނޑިޔާރަށް ލިބޭ 30 ދުވަހެވެ. އޭގެ ފަހުން ވާނުވާވެސް ޖެހެއެވެ. އެހެން އޮއްވާ، 2008 ގެ ޤާނޫނުއަސާސީގެ ދަށުން އެމުއްދަތު 24 ގަޑިއިރަށް ކުރުކޮށްލިއެވެ. 53 ދުވަހަށް ބަންދުގައި ބެހެއްޓުން...

ޚާއްޞަ ޤާނޫނާއި ޢާންމު ޤާނޫނު . މަސްހުނިކުރަންވީ، ކޮންމެހެން ނުކޮށް ނުވާ މިންވަރަށް

ޚާއްޞަ ޤާނޫނާއި ޢާންމު ޤާނޫނާ އެއްކޮށް، އެއްތަނެއްގައި އޮންނަ ޙާލަތުގައި ޢަމަލުކުރަންވީ ޚާއްޞަ ޤާނޫނަށެވެ. މަސްހުނި ނުކުރަންވީއެވެ. ނަމަވެސް، އެއީ، އިސްތިސްނާއެއް ނެތިއެއްނޫނެވެ. ހައްޔަރުކުރާނެ އިޖުރާއަތެއް، ޚާއްޞަ ޤާނޫނުގައި ނެތިއްޔާ ހައްޔަރުވެސް ނުކުރާނީތޯ؟ ބަންދު މުރާޖަޢާ ކުރާ ވާހަކަ ނެތިއްޔާ، ވާނުވާގައި ދަމަހައްޓާނީތޯ؟ މަސްހުނިކުރަންވީ، ކޮންމެހެން ކުރަންޖެހޭ މިންވަރަށް އެކަންޏެވެ....

އަޅުގަނޑުމެންނާއި ދައުލަތް (މުވާޠިނެއްގެ ރައުޔު)

ައުލަތުގެ ވުޒާރާއަކަށް ނިކަން ވަދެވަޑައިގެން ބައްލަވާށެވެ. އެބައެއްގެ "އަޚްލާޤާއި ލަޔާޤަތާއި ޤާބިލިއްޔަތުގެ" ގޮތުން، އެބަޔަކު އަދާކުރަން ޖެހިފައިވާ ވާޖިބެއްގެ މަލަވެސް ނުފެންނަ ފަށުގައި، ތިބީ ކިތައް މީހުންތޯއެވެ؟ ރެއާއި ދުވާލު އަޅުގަޑުމެން ކެޑިނޭޅި ކުރާ ޝަކުވާއަކީ، ދައުލަތަށް ލިބޭ އާމްދަނީއަކަށްވުރެ ޚަރަދު ބޮޑުވާ ވާހަކައާއި، ދެކޮޅު ނުޖެއްސޭކަމުގެ ވާހަކައެވެ. އެކަންވާނީ، އަދި ވާންވީވެސް އެހެންނެވެ. މިހެނީ، ދައުލަތާއި، އަޅުގަޑުމެން "ތިމާގެ" ވެގެންފައި ތިބެނީ، މާބޮޑު މިންވަރަކަށެވެ....

ރޯދައަށް ހުންނައިރު ބަނޑުހައި ނުވަނީ ކީއްވެ؟

އާދައިގެ ދުވަހެއްގައި، ހެނދުނު ސައިބޮއެގެން، މެންދުރު ކާންވާއިރަށް ބަނޑުހައިވެއެވެ. ނަމަވެސް، ރަމަޟާންމަހު ރޯދައަށް ހުންނައިރު، ހެނދުނު ސައި ނުބުޔަސް، މެންދުރު ބަނޑުހައިނުވަނީ ކީއްވެ؟ ރޯދަމަހު ހަށިގަނޑުގެ ބަރުދަން ލުއިވާގޮތަށް، އަލުން ބަރުނުވެ ބަލަހައްޓާނީ ކިހިނެތް؟ ބަނޑުހައިވުން ގުޅިފައި އޮންނަނީ ގްރެލިން ކިޔާ ހޯމޯނަކާއެވެ. އެހޯމޯން ކޮންޓްރޯލް ކުރުން ގުޅިފައި އޮންނަނީ 3 ދުވަހަށްވުރެ ގިނަ ދުވަހު ރޯދައަށް ހުރުމާއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ބަރުދަން ލުއިކުރަން ބޭނުންނަމަ ކުރަންވީ ކަމަކީ،...

ރޯދަމަހުގެ މައްސަލައެއް ނޫނެވެ.

ރަމަޟާން މަހާއެކު އަޅުގަނޑުމެންގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ތެރެއިން ބައެއް ބަދަލުތަކަކީ އެޤައުމެއްގެ މީހުންގެ އާދަކާދައާ ގުޅުންހުރި ކަންކަމެވެ. ރަމަޟާންމަސް ޢުޛުރަކަށް ހަދައިގެން އަޅުގަނޑުމެން ވަރަށް ގިނަ ކަންކަމުން ރެކި ގަންނަމެވެ. ރޯދަމަހު ރުޅި އިސްވުމާއި، މޫޑު ގޯސްވުމާއި، ކަސްރަތު ނުކުރުމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ވަޒީފާގެ މާޙައުލުގައި ކަންނެތްކަންވެސް، ބައެއް މީހުން ރޯދައާ ގުޅުވައެވެ. ރޯދައަކީ ބަހަނާއަކަށް ހަދައިގެންނެވެ. ނަމަވެސް، ޙަޤީޤަތުގައި ރޯދައަކީ މިހުރިހާ...

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ – ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ.

يَا بِلاَلُ أَقِمِ الصَّلاَةَ أَرِحْنَا بِهَا. ‏"ނަމާދަކީ ރޫޓީނެއް ނޫނެވެ. ދިރިހުރި އެއްޗެކެވެ. ނަމާދުގައި ޚުޝޫޢަތްތެރި ވުމަށްޓަކައި، ނަމާދަކީ ދުނިޔަވީ އަދި އެމީހެއްގެ އެދުވަހުގެ ޙާލަތާ ގުޅޭ ކަމަކަށްވާންޖެހެއެވެ. އޭރުން، ނަމާދު ކުރުމުގައި ދެމިހުރެވޭނެއެވެ. ނަމާދަކީ ހިތަށް ފިނިކަން ގެނެސްދޭ، މެޑިޓޭޝަނަކަށްވާނެއެވެ. ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ އަކީހަމައެކަނި ހަނި މަގެއްގެ ވާހަކައެއް ނޫނެވެ. އެއާޔަތަކީ، އެއަށްވުރެ މާ ފުން، މާ ފުރިހަމަ މާނައެއް އޮތް އާޔަތެކެވެ. ...

ރޯދައިގެ ވައްތަރުތައް – މައިންޑްފުލް ރޯދަ

ރަމަޟާންމަހު ރޯދަ ހިފުމަކީ، ޞިއްޙީ، ޖިސްމާނީ، ރޫޙާނީ އަދި މަޢުނަވީ ފައިދާތަކެއްލިބޭ ކަމެކެވެ. އަޅުގަނޑުމެންނަށް އެނގޭ ކަންކަމާއި ނޭނގޭ ކަންކަމެވެ. ރޯދައިން ލިބޭ ފައިދާ ފުރިހަމައަށް ހޯދުމަށްޓަކައި މައިންޑްފުލްކޮށް ރޯދަ ހިފާންޖެހެއެވެ. ...

މަރު – މުޅި އިންސާނިއްޔަތު ޤަބޫލުކުރާ ހަމައެކަނި ޙަޤީޤަތް

މަރަކީ، މުޅި އިންސާނީ އުއްމަތް ޤަބޫލުކުރާ ހަމައެކަނި ޙަޤީޤަތެކެވެ. މަރުވުމަށްފަހު، ދުނިޔަވީ ކަމަކުން ފައިދާއެއް ނުކުރެއެވެ. ޢިލްމެއް ހުއްޓަސް، އެއަކުން ކުރާނެ ކަމެއް ނެތެވެ. ކިތަންމެ ލޯބިވާ މީހަކު ދެކެވެސް، މަރުވުމަށްފަހު ލޯބިވެވޭނެ ގޮތެއް ނޯވެއެވެ. ކިތަންމެ އުފާ ކޮށްދޭ މީހެއްގެ ކިބައިންވެސް މަރުވުމަށްފަހު އުފާވެރިކަމެއް ނުލިބެއެވެ. ވީމާ، އެއްވެސް ކަމެއްގެ ޢިލްމެއް ހުރިނަމަ، ޢިލްމުން ހޭދަކުރާށެވެ. ލޯބި ވާނަމަ އެވާހަކަ ބުނާށެވެ. އުފާވާނަމަ، އެވާހަކަވެސް ބުނާށެވެ. ފާޅުކުރާށެވެ....

ދުވުން (އިންޓަވަލް ޓްރެއިނިންގ) – ވަރުބަލި ފިލުވުން

އިންޓަވަލް ޓްރެއިނިންގް ސެޝަނެއްގެ ދެވަނަ ބަޔަކީ ދެ ސްޕްރިންޓް ދޭތެރޭގައި އޮންނަ ވަރުބަލި ފިލުވުމުގެ ބައެވެ. މިއީވެސް، މުޅި ޓްރެއިނިންގެ މުހިންމު ބައެކެވެ. ވަރުބަލި ނުފިލުވައި ކިތަންމެ ބާރަކަށް ސްޕްރިންޓް ކުރިޔަކަސް ޖުމްލަ ފިޓްނަސް ރަނގަޅެއް ނުވާނެއެވެ. ހުސް ސްޕްރިންޓަށް މޮޅުވުމަކީ ބޭކާރު ކަމެކެވެ. ވަރުބަލި ފިލުވަންވެސް މޮޅުވާންޖެހެއެވެ. ...