Tag: criminal law

ނުފޫޒު

ފުޓުބޯޅަ މެޗެއްގައި ސަޕޯޓަރުންވެސް ފޯރުވަނީ ނުފޫޒެވެ. އެމީހަކު ތާއީދުކުރާ ޓީމަކަށް ކާމިޔާބުވުން އެދި ފޯރުވާ ނުފޫޒެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިން ރޭރުކޮށްލުވަން ފޯރުވާ ސަލްބީ ނުފޫޒެވެ. މިސާލަކަށް، ވިކްޓަރީއާއި ނިއުރޭޑިއަންޓު، 80 އާއި 90 ގެ އަހަރުތަކުގައި، ފުޓުބޯޅަ ކުޅޭއިރު، ވިކްޓްރީގެ ކުޅުންތެރިން ނިއުރޭޑިއަންޓު ސަޕޯޓަރުން ތިބޭ މަޖީދީމަގާ ވީ ފަރާތު ސިޑިބަރިއާ ދިމާލުން ބެކުން ޖަހާއިރު 'އަނހާ ހުތް..." ކިޔައި، ވިކްޓްރީގެ ގޯލް ކީޕަރާއި ޑިފެންޑަރުންނަށް ނުފޫޒު...

އޯޑިއޯ ޕޯސްޓު #3 – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހައްޔަރުކުރުން

ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއް ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ޤާނޫނީ ނަތީޖާއެއް އޮވެއެވެ. އެއީ، އޭނާ ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، ބަންދުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދައި، ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމެވެ. އެމުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، އެމީހާގެ މައްޗަށް ފަހަކުނވެސް އެކުށުގެ ދަޢުވާއެއް ދެނެއް ނުކުރެވޭނެއެވެ. ފަނޑިޔާރު ކުރިމައްޗަށް ހާޟިރުކޮށް ބަންދުން ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ...

ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުން – ދައުލަތުގެ ފެންވަރުގައި

އިސްލާމީ ދައުލަތަކީ ވެރިކަމުގެ ފަރާތާއި ރައްޔިތުންނާ ދެމެދު ވެވޭ އެއްބަސްވުމެވެ. ވެރިކަމުގެ ފަރާތުން ކަށަވަރުކޮށްދެނީ އަމަން ޢާންމާއި ރައްކާތެރިކަމެކެވެ. ރައްޔިތުންގެ ފަރާތުން، ކިޔަމަންތެރިކަމާއި، އެއްބާރުލުމާއި (ބައެއް ޙާލަތުތަކުގައި ޖިޒީ/ޓެކްސް) އެވެ. އޭރުގެ ހާލަތަށް ބަލާއިރު، ދައުލަތުގެ ހަނގުރާމަތަކުގައި ބައިވެރިވުން މުސްލިމުންނަށް ލާޒިމެވެ. ޣައިރު މުސްލިމުންނަށް އޮތީ، ޖިޒީ ދައްކައިގެން ތިބުމެވެ. ހަނގުރާމައަށް ނުކުންނަން ލާޒިމުވާ ހާލަތުތަކެއްވެސް ހުއްޓެވެ....

އޯޑިއޯ ޕޯސްޓު #2 – ޤާނޫނުއަސާސީގައި ހައްޔަރުކުރުން

މިއަދުގެ އޯޑިއޯ ޕޯސްޓުގައި މި ބަލައިލަނީ، 2008 ވަނަ އަހަރު ފާސްކޮށް، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހައްޔަރު ކުރުމާއި ބަންދުކުރުމުގެ އުޞޫލުތައް ކަނޑައަޅާފައިވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ ބުނާ ގޮތުން، މީހަކު ހައްޔަރުކުރެވޭނީ ތިން ޙާލަތެއްގައެވެ. އެތިން ޙާލަތުންކުރެ ޙާލަތެއްގައި ބަންދުކުރުމަށްފަހު، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއް ކުރިމައްޗަށް ޙާޟިރުކުރަންޖެހެއެވެ. ...

“88 (ހ) އަމުރަށް ނުކިޔަމަންތެރިވުން”

މިއީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ ގޮތުން އަޅުގަނޑު ލިޔާ ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން ލިޔުމެކެވެ. މިލިޔުމުގައި ބަލާލާފައިވާނީ، ޤާނޫނުލްޢުޤޫބާތު ކުރިން އޮތް ގޮތާއި، އެޤާނޫނަށް ކިޔަމުން އައި ފާޑުކިޔުންތަކުގެ މައްޗަށެވެ. އެކަންކަން ޙައްލުކުރުމަށް އެކުލަވާލި އައު ޤާނޫނުގެ ބައެއް ސިފަތަކަށްވެސް އަލިއަޅުވާލާފައިވާނެއެވެ. ...

ފުރަތަމަ އޯޑިއޯ ޕޯސްޓު

މީހުން ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ގޮތުން ޤާނޫނުގައި ހުރި ވާހަކަތައް ވަކިވަކިން ބަލައިލާނަމެވެ. މިއެޕިސޯޑުގައި، ކުރީގެ ޤާނޫނުއަސާސީގައި އެކަން އޮތް ގޮތެވެ. ދެން އަންނަ ހަފްތާގައި މިހާރު އެކަން އޮތް ގޮތެވެ. ...

ހައްޔަރު ކުރުމާއި ބަންދު ކުރުން – ހޭ އަހައި ނުލައި 53 ދުވަހުން 24 ގަޑިއިރަށް ކުރި ދަތުރު

'ނޫ' ޤާނޫނުއަސާސީގެ ދަށުން، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު، 53 ދުވަސް ވަންދެން ބަންދުގައި ބެހެއްޓެއެވެ. އެއީ، ފުލުހުންނަށް ލިބޭ 8 ދުވަހާއި، ފުލުސް އޮފީހުގައި އޮންނަ ކޮމިޓީއަށް ލިބޭ 15 ދުވަހާއި ރައީސް ޢައްޔަނުކުރާ ފަނޑިޔާރަށް ލިބޭ 30 ދުވަހެވެ. އޭގެ ފަހުން ވާނުވާވެސް ޖެހެއެވެ. އެހެން އޮއްވާ، 2008 ގެ ޤާނޫނުއަސާސީގެ ދަށުން އެމުއްދަތު 24 ގަޑިއިރަށް ކުރުކޮށްލިއެވެ. 53 ދުވަހަށް ބަންދުގައި ބެހެއްޓުން...

ޢުންޞުރޭ ކިޔަންޖެހޭ ސަބަބުތައް

ޓްރަޔަލް ލޯޔަރުންގެ ތިބޭނީ ދެ ބެސްޓް ފްރެންޑެވެ. އެއީ، ކުށް ބަޔާންކުރާ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ބަޔާންކުރާ ޤާނޫނެވެ. ކުށް ބަޔާންކުރާ ޤާނޫނުގައި އޮންނާނީ ކުށުގެ ޢުންޞުރުތަކެވެ. ކުށެއް، ކުށަކަށްވާ ގޮތެވެ. ސާބިތުކޮށްދޭންޖެހޭ ކަންކަމެވެ. އިޖުރާއަތުގެ ޤާނޫނުގައި އޮންނާނީ، އެކަންކަން ސާބިތުކުރުމަށްޓަކައި ހިނގާންޖެހޭ މަގެވެ. ޢުންޞުރު ދެނެގަނެ، އެއާ ބެހޭ ގޮތުން ދިގުކޮށް، ފުންކޮށް ވާހަކަ ދައްކަން ނޭނގޭ ވަކީލަކީ ރަނގަޅު، ކުޅަދާނަ ވަކީލެއް ނޫނެވެ....

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިއުން

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަޞްލު 'ވިޔަފާރިވެރިން' ފަހަތުން ދާންޖެހެއެވެ. އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކާ ގުޅިގެން މަނީ ލޯންޑްރިންގްގެ ދައުވާއެއް، މިދިޔަ ހަފްތާގައި ކުރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ފަރުވާދޭންވީއެވެ. އަޞްލު 'ވިޔަފާރިވެރިން' ގެ މައްޗަށް ދައުވާކޮށް، އެމީހުން 'ދޮންނަ' ފައިސާ ހޯދައި، ދައުލަތަށް ނަގައި، އެވިޔަފާރި އެއްކޮށް ހުއްޓުވައިގެން...

ޤާނޫނުލްޢުޤޫބާތާ ގުޅިގެން ތައްޔާރު ކުރި މަޢުލޫމާތު ކަރުދާސްތައް

ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިންގި ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރިއިރު ތައްޔާރު ކުރި 12 މަޢުލޫމާތު ކަރުދާސް އެއްތަނަކުން ހޯއްދެވުމަށް، މިޕޯސްޓު ބައްލަވާލެއްވުން އެދެމެވެ. ...