Tag: arrest and detention

އޯޑިއޯ ޕޯސްޓު #3 – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހައްޔަރުކުރުން

ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއް ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ޤާނޫނީ ނަތީޖާއެއް އޮވެއެވެ. އެއީ، އޭނާ ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، ބަންދުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދައި، ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމެވެ. އެމުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، އެމީހާގެ މައްޗަށް ފަހަކުނވެސް އެކުށުގެ ދަޢުވާއެއް ދެނެއް ނުކުރެވޭނެއެވެ. ފަނޑިޔާރު ކުރިމައްޗަށް ހާޟިރުކޮށް ބަންދުން ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ...

އޯޑިއޯ ޕޯސްޓު #2 – ޤާނޫނުއަސާސީގައި ހައްޔަރުކުރުން

މިއަދުގެ އޯޑިއޯ ޕޯސްޓުގައި މި ބަލައިލަނީ، 2008 ވަނަ އަހަރު ފާސްކޮށް، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހައްޔަރު ކުރުމާއި ބަންދުކުރުމުގެ އުޞޫލުތައް ކަނޑައަޅާފައިވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ ބުނާ ގޮތުން، މީހަކު ހައްޔަރުކުރެވޭނީ ތިން ޙާލަތެއްގައެވެ. އެތިން ޙާލަތުންކުރެ ޙާލަތެއްގައި ބަންދުކުރުމަށްފަހު، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއް ކުރިމައްޗަށް ޙާޟިރުކުރަންޖެހެއެވެ. ...

ހައްޔަރު ކުރުމާއި ބަންދު ކުރުން – ހޭ އަހައި ނުލައި 53 ދުވަހުން 24 ގަޑިއިރަށް ކުރި ދަތުރު

'ނޫ' ޤާނޫނުއަސާސީގެ ދަށުން، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު، 53 ދުވަސް ވަންދެން ބަންދުގައި ބެހެއްޓެއެވެ. އެއީ، ފުލުހުންނަށް ލިބޭ 8 ދުވަހާއި، ފުލުސް އޮފީހުގައި އޮންނަ ކޮމިޓީއަށް ލިބޭ 15 ދުވަހާއި ރައީސް ޢައްޔަނުކުރާ ފަނޑިޔާރަށް ލިބޭ 30 ދުވަހެވެ. އޭގެ ފަހުން ވާނުވާވެސް ޖެހެއެވެ. އެހެން އޮއްވާ، 2008 ގެ ޤާނޫނުއަސާސީގެ ދަށުން އެމުއްދަތު 24 ގަޑިއިރަށް ކުރުކޮށްލިއެވެ. 53 ދުވަހަށް ބަންދުގައި ބެހެއްޓުން...