ޤާނޫނުލްޢުޤޫބާތާ ގުޅިގެން ތައްޔާރު ކުރި މަޢުލޫމާތު ކަރުދާސްތައް
މިބައިގައި މި ހިމަނަނީ، ޤާނޫނުލްޢުޤޫބާތުގެ މަސައްކަތާ ގުޅިގެން އޭރު ތައްޔާރުކުރި މަޢުލޫމާތު ކަރުދާސްތަކެވެ. ޤާނޫނަކާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް މަޢުލޫމާތު ކަރުދާހުގެ ނަމުގައި ކަރުދާސްތަކެއް އެކުލަވާލެވުނު މިއީ ފުރަތަމަ ފަހަރެވެ. މިކަރުދާސްތަކުގައި ހިމެނިފައިވާ މަޢުލޫމާތުތަކަކީ، އެދުވަސްވަރު އޮތް ޤާނޫނު އޮތް ގޮތުގެ މައްޗަށް ލިޔެފައިވާ ކަރުދާސްތަކެކެވެ. އޭގެ ފަހުން، ޤާނޫނަށް ބަދަލުތަކެއް އައިސްފައިވާތީ، މިކަރުދާހުގައި ހުރި މަޢުލޫމާތުތަކަށް ކޮންމެވެސް ބަދަލެއް އައިސްފައިވުން އެކަށީގެންވެއެވެ. ވީމާ، ދިރާސާ ކުރައްވާ ބޭފުޅުން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ. މިކަރުދާސްތައް ޝާއިޢު ކުރުމުގެ ބޭނުމަކީ، ތާރީޚަށްޓަކައި، މިމަސައްކަތް ޑޮކިއުމަންޓް ކުރެވި، އެންމެންނަށް ފެންނާނޭހެން ހެދުމެވެ.
މިކަރުދާސްތަކަކީ، މީގެ 5 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ލިޔެފައިވާ ކަރުދާސްތަކެކެވެ. އޭރު ލިބިހުރި ތަޖުރިބާއާއި ޢިލްމާ ބޭނުންކޮށްގެންނެވެ. މިހާރުގެ ވިސްނުން ބަދަލުވެފައި ހުރުމަކީ ޠަބީޢީ ކަމެކެވެ. މިކަރުދާސްތައް ލިޔުއްވުމުގައި ޢަމަލީ ގޮތުން ބައިވެރިވަޑައިގެންނެވި ބޭބޭފުޅުންނަކީ ކޮން ބައެއްކަން، ތިރީގައި ހުރި ކަރުދާސްތަކުގައި ބަޔާންކޮށްފައިވާނެއެވެ. އެބޭބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އެބޭފުޅުންގެ މަސައްކަތުން، އަލަށް މިދާއިރާއަށް ވަދެވަޑައިގަންނަވާ ވަކީލުންނަށް މަންފާތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މިމަސައްކަތަކީ އަޅުގަނޑުމެން އެންމެންގެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ލިޔުއްވާ ޢަމަލުތަކެއް ކަމުގައި ލެއްވުމެވެ. އާމީން!
މަޢުލޫމާތު ކަރުދާސް – 4 ކުށް ދަރަޖަކުރުމާއި އޭގެ ނަތީޖާ (12 ޖަނަވަރީ 2015)
މަޢުލޫމާތު ކަރުދާސް – 5 ސަބަބު އެނގުމުން ޙައިރާންކަން ފިލައިދެއެވެ. (20 ޖަނަވަރީ 2015)
މަޢުލޫމާތު ކަރުދާސް – 6 ޤާނޫނުލްޢުޤޫބާތާއި ޖިންސީކުށް (26 ޖަނަވަރީ 2015)
މަޢުލޫމާތު ކަރުދާސް – 7 ތާވަލުތަކުގެ ތަޢާރުފެއް (11 ފެބްރުވަރީ 2015)
މަޢުލޫމާތު ކަރުދާސް – 8 ކުށުން ބަރީއަވުމުގެ ދިފާޢުތައް (2 މާރިޗު 2015)
މަޢުލޫމާތު ކަރުދާސް – 9 ހުއްދަކުރެވިގެންވާ ދިފާޢު – 40 ވަނަ ބާބު (9 މާރިޗު 2015)
މަޢުލޫމާތު ކަރުދާސް – 10 މަޢާފު ލިބެނިވި ދިފާޢު – 50 ވަނަ ބާބު (16 މާރިޗު 2015)
މަޢުލޫމާތު ކަރުދާސް – 11 ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު – 60 ވަނަ ބާބު (25 މާރިޗު 2015)
މަޢުލޫމާތު ކަރުދާސް – 12 މުޅިން ފުރިހަމަނުވާ ކުށް – 80 ވަނަ ބާބު (6 އޭޕްރީލް 2015)