FathisPeople

Time is invaluable. The awareness of one’s time and how to prioritize what you give your attention to, is important to lead a fulfilling life.
I try to emphasize on the importance of being on time and respect each other’s time commitments.
Imagine how much more time we would collectively save if all of us try to be on time, every time!

ގަޑީގައި ޖެހުމަކީ އިޚްތިޔާރީ ކަމެކެވެ. ގަޑި ޖެހޭނަމަ، ލަސްވާނަމަ، ތަހުޒީބީ ގޮތަކީ އިންތިޒާރު ކުރާ މީހާއަށް އެކަން އަންގާލުމެވެ. މިކަހަލަ ރީތި އާދަތަކަކީ، އިތުރު ޚަރަދަކާ ނުލައި ކުރެވެން ހުރި ކަންކަމެވެ. އަޅުގަނޑުމެން އެންމެވެސް ވަރަށް ބިޒީއެވެ. ދުވާލަކު އެތައް ހާސް ކަމެއް ކުރަންޖެހެއެވެ. ވަގުތެއް ނޯވެއެވެ. އަދި އަމުދުން ދައުލަތުގެ މަޤާމުތަކާއި ވަޒީފާތައް އަދާކުރައްވާ ބޭފުޅުން މާބޮޑުތަނުންވެސް ބިޒީއެވެ. ޙަޤީޤަތުގައިވެސް ބުރަ، ކަންކަމަށް ވަގުތު ނުދެވޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެކަން އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް އެދުވަހަކު ވަގުތު ހޭދަ ކުރެވުނު ގޮތާމެދު ވިސްނާލުމަކީ ރަނގަޅު ކަމަކަށް ވެދާނެއެވެ. ޓްވިޓާރ ފީޑު ބެލުމުގައި، އީމެއިލް ޑިލީޓު ކުރުމުގައި، ފޭސްބުކްގައި، ނުވަތަ ކޮފީއެއްގައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ ބަލައިލަންވާނެއެވެ. އަޅުގަނޑު ބިޒީއެއް ނޫނެވެ. އަޅުގަނޑު އޮފީހުގެ މުވައްޒަފަކު ބޭނުންވެގެން އަޅުގަނޑާ ބައްދަލުނުވެއެއް ނޯންނާނެއެވެ. އަޅުގަނޑު ބަލަނީ އަޅުގަނޑު ކުރަން ނުޖެހޭ ކަންކަމާއި، ކުރަން ބޭނުން ނޫން ކަންކަން ނުކޮށް ވޭތޯއެވެ. ނުބެހޭ ކަންކަމާ ނުބެހި، އެކަންކަމަށް ވަގުތު ނުދީ އުޅެވޭތޯއެވެ.

https://hushameem.com/inthizaaru