2 އޯޑިއޯ ޕޯސްޓު #5 – ހަފްތާ ރިވިއު

ޖުލައި 7، 2021 . އާދީއްތަ

މިދިޔަ ހަފްތާއަކީ، ޕްރޮސިކިއުޝަންގެ މަސައްކަތް ކާމިޔާބު ކަމާއެކު ހިނގި ހަފްތާއެކެވެ. މުހިންމު ދެ މައްސަލައެއް ކޯޓުތަކުން ނިންމެވިއެވެ. އެއް މައްސަލއަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމެވި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. ދެވަނަ މައްސަލައަކީ، ބަންގަލަދޭޝްގެ ރައްޔިތަކު، މީހަކު މަރާލި މައްސަލައެއްގައި، ދަށު ކޯޓުން ސާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމެވުމެއް، ހައިކޯޓުން ބާޠިލު ކުރެއްވި މައްސަލައެވެ. މިމައްސަލަތަކުގައި މަސައްަކަތް ކުރެއްވި ފުލުހުންގެ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނަށް މަރްޙަބާ ދަންނަވަމެވެ. މިމައްސަލަތަކުން ދަސްވި ކަންކަން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ފުލުހުންނާއެކު މިދަނީ އިތުރު މަޝްވަރާތައް ކުރަމުންނެވެ.

ފޮޓޯ: ޢަދަދު

މިދިޔަ ހަފްތާގައި ނޭޝަނަލް ޑްރަގް ކައުންސިލްގެ ޖަލްސާއެއްވެސް ބޭއްވުނެވެ. އެޖަލްސާގައި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މަސްތުވާތަކެތީގެ ފަރުވާ ބޭނުންވާ މީހުންގެ ކަންކަން ކުރިއަށް ގެންދަވަން ޤަޞްދުކުރައްވާ ގޮތާބެހޭ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އެމަސައްކަތް ވަަރަށް ބާރަށް، ވަރަށް ޤާބިލް ޓީމެއްގެ ބެލުމުގެ ދަށުން އެބަ ކުރިއަށް ގެންދަވައެވެ. އިތުރު ތަފްޞީލުތައް ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައި ލިބިވަޑައިގަންނަވާނެއެވެ.

ޢަލީ ވަޙީދުގެ މައްސަލައިގައި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް މިއަދު ކުރިމިނަލް ކޯޓުން ނިންމަވައިފިއެވެ. އެ ނިންމެވުން އަޅުގަނޑުމެން ހައިކޯޓުގައި އިސްތިއުނާފު ކުރާނަމެވެ.

މި އޯޑިއޯ ޕޯސްޓު މެދުވެރިކޮށް، އެއްވެސް ސުވާލެއްގެ ޖަވާބެއް ހޯއްދަވަން ބޭނުންފުޅުނަމަ، ތިރީގައިމިވާ އީމެއިލަށް ސުވާލު ފޮނުއްވުން އެދެމެވެ. ޖަވާބު ދެވޭތޯ ބަލާނަމެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments