1 އޯޑިއޯ ޕޯސްޓު #4 – ހަފްތާ ރިވިއު

ޖޫން 27، 2021 . އާދީއްތަ

މިހަފްތާގެ އޯޑިއޯ ޕޯސްޓުގައި ބަލައިލަނީ، ވޭތުވެދިޔަ ހަފްތާގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައިދިޔަ މުހިންމު ހާދިސާތަކާ ބެހޭ ގޮތުންނެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮތް ވާހަކަ އަޑުއެހީ، ކުއްލި ހައިރާންކަމަކާއެކުއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބިރުވެރި ކަމެކެވެ. ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. މިމަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދެއެވެ. މިމައްސަލައިގައި، ރަހީނުކުރުމުގެ މައްސަލައަކާއި، މަރުގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ފުލުހުން އެގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ. މިމަސައްކަތުގައި، ޕްރޮސިކިއުޓަރުންވެސް އެބަ ބައިވެރިވެއެވެ.

ފޮޓޯ ؛ އަދަދު

ކުއްޖާގެ މައުލޫމާތު ހާމަކުރުމާބެހޭ ގޮތުން ޚިޔާލު ތަފާތުވުމެއް އެބަ އޮތެވެ. އެކަމުގައި ޤާނޫނު އޮތް ގޮތް ވަރަށް ސާފެވެ. ކުއްޖާގެ މައުލޫމާތު ހާމަކުރަންވާނީ ވަކި ވަރަކަށެވެ. އެކުއްޖާގެ ކަރާމާތަށް އުނިކަން ނާންނާނެ މިންވަރަށެވެ. މިކަމުގައި މުހިންމީ ހޭލުންތެރިކަން އިތުރުވެ، މިބާވަތުގެ ކަންކަން ތަކުރާރު ނުވުމެވެ. ކޮންމެހެން ނޫސްތަކަށް އަދަބުދިނުމެއް ނޫނެވެ.

ޢަލީ ވަހީދުގެ މައްސަލައިގައި، މައްސަލަ އޮތީ ހައިކޯޓުގައެވެ. ޕާސްޕޯޓު ހިފަހައްޓަން އެދުނު އެދުމަކަށް ޖަވާބެއް އަދި ނުލިބެއެވެ. ފަނޑިޔާރު ބަދަލު ކުރުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރާނަމަ، އުނދަގޫ މައްސަލައެއް ލިބޭއިރަށް، ޚަޞްމުންނަށް ތުރާކޮށްގެން ފަނޑިޔާރު ބަދަލު ކުރަން އެދުވާނީއެވެ. މިއީ، މުޅި މައްސަލައަށް އޮތް ޙައްލެއް ނޫނެވެ. އަޅުގަނޑު ބަލާނީ، މިހާރު މި ދާ މަގުން، މަޑުމަޑުން ގޮސް މިމައްސަލައިގައި ޤާނޫނީ ގޮތުން ރަނގަޅު ޙައްލެއް ނެރުމެވެ.

މި އޯޑިއޯ ޕޯސްޓު މެދުވެރިކޮށް، އެއްވެސް ސުވާލެއްގެ ޖަވާބެއް ހޯއްދަވަން ބޭނުންފުޅުނަމަ، ތިރީގައިމިވާ އީމެއިލަށް ސުވާލު ފޮނުއްވުން އެދެމެވެ. ޖަވާބު ދެވޭތޯ ބަލާނަމެވެ.

fathispeople@gmail.com

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments