އޯޑިއޯ ޕޯސްޓު #3 – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހައްޔަރުކުރުން

ޖޫން 16، 2021 . ބުދަ

Photo by Dan Smedley on Unsplash

ހައްޔަރުކުރުމާއި ބަންދުކުރާނެ ގޮތުގެ ވާހަކަ ޤާނޫނުއަސާސީގައި އޮތީ، އެ ޤާނޫނުގެ 49 ވަނަ މާއްދާގައެވެ. އެމާއްދާގައި އޮތް ވާހަކަތަކުގެ ތަފްސީލު އޮތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ހަވަނަ ބާބު (ބަންދުކޮށްފައިވާ މީހުން ފަނޑިޔާރެއް ކުރިމައްޗަށް ހާޟިރުކުރުން) ގައެވެ.

މިކަމުގެ މައްޗަށް އިތުރު ގަވާއިދު، ޖުޑީޝަރީން ހަދާފައިވެއެވެ.

ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއް ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ޤާނޫނީ ނަތީޖާއެއް އޮވެއެވެ. އެއީ، އޭނާ ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، ބަންދުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދައި، ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމެވެ. އެމުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، އެމީހާގެ މައްޗަށް ފަހަކުންވެސް އެކުށުގެ ދަޢުވާއެއް ދެނެއް ނުކުރެވޭނެއެވެ. ފަނޑިޔާރު ކުރިމައްޗަށް ހާޟިރުކޮށް ބަންދުން ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ ކުރަން ލިބެނީ 45 ދުވަހެވެ.

ވީމާ، މީހަކު ހައްޔަރު ކުރުމުގެ ކުރިން، އެކަމުން ނުކުމެދާނެ ނަތީޖާތަކާމެދު ހައްޔަރު ކުރާ މީހާ ވިސްނާންޖެހެއެވެ.

ކުށްކުރާ ބިދޭސީންނާބެހޭ ގޮތުން މިއަދުގެ ސިޔާސަތަކީ، އެމީހުންގެ ތެރެއިން ދިވެހި މުޖްތަމަޢުގެ ހަމަޖެހުން ނަގާލައި، ނުރައްކާތެރި ކުށްކުރާ މީހުންގެ މައްޗަށް ދައުވާކޮށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަދަބު ދިނުމެވެ. ކުދިކުދި ކުށްތައް ކުރާ މީހުން ޑިޕޯޓް ކުރުމެވެ. މިކަމުގައިވެސް ޢަމަލީ އެތައް ގޮންޖެހުންތަކެއް ހުރެއެވެ. އޭގެ ތެރޭގައި، އެމީހާއަކީ ކޮން ޤައުމެއްގެ މީހެއްކަން ނޭނގުމާއި، ޤާނޫނީ ގޮތުން ޞައްޙަ ލިޔެކިޔުން ނެތުމާއި، އެމީހާ ނިސްބަތްވާ ޤައުމުގެ އެމްބަސީން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމައްސަން ވަގުތު ނެގުން ހިމެނެއެވެ.

އެއްވެސް ބޭފުޅެއްގެ އެއްވެސް ސުވާލެއް އޮތްނަމަ، ތިރީގައިމިވާ އީމެއިލަށް ސުވާލެއް ފޮނުއްވުން އެދެމެވެ. އޭރުން ޖަވާބު ދެވޭތޯ މަސައްކަތް ކުރާނަމެވެ. ޝުކުރިއްޔާ

fathispeople@gmail.com

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments